މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން މޫސުން ލާފާކޮށް މި ވަގުތު އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖޭގެ އަތޮޅުތައް އޮތީ ޔެލޯ އެލާޓްގަ އެވެ. މެންދުރުފަހު 13:00 ޖެހުމާ ހަމަޔަށް ނެރެފައިވާ މި އެލާޓްގައި، ބުނެފައިވަނީ މިސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ދެކުނުގެ އަތޮޅުތައް އޮތީ 13:00 ޖެހުމާ ހަމަޔަށް ވައިޓް އެލާޓްގަ އެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ ހުރިހައި ސަރަަހައްދަކަށް މޫސުން ގޯސްވެފައިވާތީ ކަމާއިގުޅޭ އިދާރާތަކުން ވަނީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. ވަކިން ޚާއްސަކޮށް ކަނޑު ދަތުުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާތަކުން އިލްތިމާސްކޮށްފައި ވެއެވެ.



