މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމާއި ގުޅިގެން، އެމަނިކުފާނުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މުހައްމަދު ޒާހިރު އަވަހާރަވީ، ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ. އަވާހާރަވީ އުމުރުން 75 އަހަރުގަ އެވެ.
އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން، ރައީސް ޑރ.މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި، މަރްހޫމް ޒާހިރަކީ ރާއްޖޭގައި ކާރުހާނާ ހިންގަވައި، ގައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި އެމައަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައި ވެއެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އިޤްތިޞާދުކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު)… pic.twitter.com/1ZNXb5joQX
— Dr Mohamed Muizzu (@MMuizzu) August 17, 2024
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި، ޒާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައިކަމަށް ވިދާޅުވެ، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާއެކު،މާތްﷲ މަރުޙޫމްގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާ،އާއިލާއަށް ކެތްތެރިކަން ދެއްވާށި!آمين pic.twitter.com/TOTOMfH51r
— Hussain Mohamed Latheef (@HucenSembe) August 17, 2024
އިގުތިސާދު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ވިޔަފާރިވެރިޔާ މަރްހޫމް މުހައްމަދު ޒާހިރަކީ، ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއްވެސް މެއެވެ. ވިޔަފާރި ގިނަ ހަރާކާތްތަތެއް ހިންގަމުން އައި ނަމަވެސް ފަހުން ދިރިއުޅުމެއްވަމުން ގެންދެވީ އަވަށްޓެރި ސްރީލަންކާގައެވެ.
މަރްހޫމްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު ސްރީލަންކާގެ ޖާވަތާ ޖުމްލަ މަސްޖިދުގަ އެވެ.



