ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ވަޑައިގެންފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި އެކަމަނާ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ޕްރެޒިޓެންޓް، ޕްރޮފެސަރ ޔޫ ޖިއޮންޖް، ވައިސް ޕްރެޒިޓެންޓް، ޕްރޮފެސަރ ޖޯ ޒުއޮޔު، ސްމާޓް ލާރނިންގ އިންސްޓް ޓިއުޓް އޮފް ބެޖިން ނޯމަލް ޔުނިވާސިޓީގެ ވައިސް ޑީން އަދި ކުރީގެ ޕްރެޒިޑެންޓް އޮފް ކޮމަންވެލްތް އޮޕް ލާރނިންގއާއި ބައްދަލުކުރެއްވުމަށް ހަމަޖހެިފަ އެވެ. އަދި“ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި“ ގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން އިންތިޒާމުކުރާ ”ޑިވެލޮޕްމަންޓް އެންޑް ޔޫސް އޮފް ޑިޖިޓަލް ޓެކްސްޓް ބުކް“ ފޯރަމްގައި ބައިވެރިވަޑައިގަންނެވުމަށް ހަމަޖހިފައިވާކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އަންނަނީ ބޭރުގެ އެކި ޤައުމުތަކުގެ މަޤްބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން ދަނ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



