މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރޭ އުތުރުގެ އަތޮޅުތަކަށް ވާރޭވެހި ބައެއް ރަށްރަށުގެ ގެތަކަށް ގެއްލުން ވެއްޖެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެމްޑީއެމްއޭ) އިން ބުނީ، އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް, ހދ ކުޅުދުއްފުށީގެ 57 ގެއަކަށް, ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ ވަނީ ގެއްލުން ވެފައި ވާކަމަށެވެ. އަދި ގެއްލުން ލިބުނު ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
އުތުރުގެ ސަރަަހައްދަށް މޫސުން ގޯސްވެ، އެންމެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް ރޭ އޮރެންޖް އެލާޓް ނެރުނެވެ. އަދި އުތުުރުގެ އެހެން އަތޮޅުތަކަށް ރީނދޫ އެލާޓްވެސް ނެރުނެވެ. އެހެންނަމަވެސް ފަހުން ވައިޓް އެލާޓްއަށް ބަދަލުކޮށްފައިވެއެވެ. މިވަގުތު އުތުރުގެ އެއްވެސް އަތޮޅަކަށް މޫސުމީ އެލާޓް ނެރެފައެއް ނުވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވާން ފަށާނެއެވެ.




