ކ. ތިލަފުށީގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ތިލަފުށީ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ދިވެއްސަކު ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަޕްޑޭޓް:(10:03)
އެމްއެންޑިއެފް އިން ބުނީ ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އެއްކޮށް ނިއްވާނުލެވޭ ކަމަށެވެ. އެމްއެންޑީއެފް އިން މިހާރު ބުނީ އަލިފާން ރޯވީ މަރިންދޫ ޕްރައިވެޓް ލިމިޓެޑްގެ ވޯކްޝޮޕެއްގަ އެވެ.



