މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްެޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސަޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ވަކިން ޚާއްސަކޮށް މެރިކަލްޗަރ އަކީ، ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، އެކަމަށް މަގުފަހިކުރުމަށް ވާޏްޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
”ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަނޑު ރޯދިން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސިންދަފާތުކުރުން. އެގޮތުން މެރިކަލްޗާއަކީ ބޮޑު ސިނާއަތެއްގެެ ގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނަ ބަދަލާއެކީގައި، މެރިކަލްޗަރ ދިވެހިރާއްޖޭގައި ސިނާއަތެއްގެ ގޮތުގައި ފެނިގެންދާނެ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މެރިކަލްޗަރ އަށް ފަހިކޮށްދިނުމަށްޓަކައި މިކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ހަތަރު ސަރަހަައްދެއް މެރި ކަލްޗަރއަށް ޚާއްސަ ކުރުމަށް ”ޢައިޑެންޓިފައި“ކޮށްފައިވާކަމަށެވެ. އަދި، މިހާރު އެކަމުގައި ކެބިނެޓްގެ ލަފާ ހޯދުމަށް ފޮނުވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



