ކ. ތިލަފުށީ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުމުގެ މަސައްކަތުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ މުވައްޒަފުން އެހީތެރިވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.
ވެމްކޯއިން ބުނީ، ކ.ތިލަފުށީގެ ގުދަނެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން ވެމްކޯ ތިލަފުށި އޮޕަރޭޝަންގެ ޓީމް އަންނަނީ މި ވަގުތު ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މިއަދު ހެނދުނު އަލިފާން ރޯވީ މަރިންދޫ ޕްރައިވެޓް ލިމިޓެޑްގެ ވޯކްޝޮޕެއްގަ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނައިރު، މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، އެހެންނަމަވެސް އަދި ނިއްވާލެވިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މިހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ދިވެއްސަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.



