މިއަދު މެންދުރު މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، މާލޭ ސިޓީގެ ބައެއް ސަރަަހައްދުތަކުގައި މިއަދު، އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން މާލެ ސިޓީ، ގުލްހަޒާރު ގޯޅި، ދަކަނދާ މަގު، އުނިގަސް މަގު، މުރަނގަ މަގު، ޢިއްޒުއްދީން މަގު، މުއިވެޔޮ ގޯޅި، ނަސީމީ ހިނގުން، އިސްކަންދަރު މަގު، ހިލާލީ މަގު އަދި ޖަވާހިރު މަގު ހިމެނޭ ސަރަޙައްދުގައި މިއަދު މެންދުރުފަހު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ސްޓެލްކޯއިން ބުނީ މަސައްކަތް ކުރިޔަށްދާނީ 02:00 އިން 03:15 އާ ދެމެދުކަމަށާއި، މަސައްކަތް ކުރިޔަށްދާ ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ސްޓެލްކޯއިން ވަނީ މަސައްކަތް ކުރިޔަށްދާއިރު ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ސްޓެލްކޯއިން ކަރަންޓް ވިއުގަ އަޕްޑޭޓް ކުރަމުންދާއިރު ބައެއް ހާލަތްތަކުގައި ކަރަންޓް ކެނޑުނަސް، ކުޑަ އިރުކޮޅެއްގެ ތެރޭގައި މައްސަަލަ ހައްލުކޮށް ކަރަންޓް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެެވެއެވެ.




