81،000އަށްވުރެ ގިނަ ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅުނު ބިދޭސީއަކު އަތުލައިގެންފި އެވެ.
ސައުވީހަށް އެނގިފައިވާ ގޮތުގައި، އަތުލައިގަތީ މިއަދު ޔޫއެސް ބަންގްލާ އެއަރލައިންސް (BS338) އިން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ.

އުމުރުން 32 އަހަރުގެ ޝަގުރް ޝަމިން އިސްލާމް ނަމަކަށް ކިޔާ މިމީހާގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ނަގުދު އެމެރިކާ ޑޮލަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސްކްރީނިންގް ޓީމުން ވަނީ އަތުލައިގެންފަ އެވެ.
”އޭވިއޭޝަން ސެކިއުރިޓީގެ ޓީމުން ވަކިން ޚާއްޞަކޮށް މިގޮތަށް ބޭރުކުރާ ބޭރުފައިސާ ޓްރެކް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ. މިއަދު ބޭރުކުރަން އުޅުނީ ކޯން ފްލޭކްސް ޕެކެޓް ތަކުގައި ފިސާރި ރަނގަޅަށް ފެކްޓަރީ ޕެކިންގް ހަދައިގެން.“ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ތަފުސީލު އަންނަނީ…




