އަންނަ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައިވަނީ، އެދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ކަނޑައެޅުއްވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ.
ސަރުކާރުން ޚާއްސަ މުނާސަބަތުތަކާއި، ޚާއްސަ ހާލަތްތަކުގައި ބަންދު ދުވަސް ކަނޑައަޅަމުންދެއެވެ.
އަޝްހާ އީދު ބަންދުގައި އާންމުންނަށް ފަސޭހަކޮށްދިނުމުގެގޮތުން ޖޫން މަހުގެ 20 ވަނަދުވަސް ބަންްދު ދުވަހެއްގެގޮތުގައި ކަނއެޅިއެވެ. އަދި މިމަހުގެ ކުރީކޮޅު ކުރި ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން އޮގަސްޓް 14 ވަނަ ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސިއެވެ.



