ދިވެހިރާއްޖޭގައި އަލަށް ގާއިމުކުރެވޭ ޑެވެލޮޕްމެންޓް ބޭންކް ވެގެންދާނީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކެއްގެ ހަބެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ ބޭންކުގެ ޗެއަރމަން އަދި ސީއީއޯއަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއެކު މިއަދު ބައްދަލުވުުގެ ކުރިން ރައީސް އެކްސްގައި ހިއްސާކުރެއްވީ ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑެވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި ފުރަތަމަ ފަހަަރަށް ހުޅުވި އެބޭންކަށް ޗެއަރމަންއަކާއި ސީއީއޯއެއް އައްޔަންކުރެވިގެން ދިއުމަކީ ވަރަށް ތާރީހީ ކަމެއްކަމަށެވެ.އަދި އެބޭންކް އުފެއްދުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް ސިންދަފާތުކޮށް ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މެނިފެސްޓޯގައި ހިމެނުނު އެންމެ މުހިންމު އެއް ވައުދުކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.
ރައީސް ވިދާޅުވީ، އެބޭންކުގެ ސީއީއޯ އަދި ޗެއާމަންއަކަށްވެސް އައްޔަންކޮށްފައިވަނީ ދުނިޔޭގެއެކި ތަންތަނުގައި ގިނަ ދުވަހު މަސައްކަތްކުރައވާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅުންކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ބޭންކް ގާއިމުކުރެވި، ޚިދުމަތް ފެށިގެންދާއިރު، މި ބޭޏްކް ވެގެންދާނީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
”އިރާދަކުރެއްވިޔާ ކުރިޔަށް އޮތް ދުވަސްތަކުގައި ޑެވެލޮޕްމެންޓް ބޭންކް ރާއްޖޭގައި އަލަށް ގާއިމުކުރެވި، އެމަސައްކަތް ފަށައިގަނެވި،ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިޒޯޓްތައް ހެދުމަށާއި،އަދި އިޔާދަކުރަނިވި ހަކަތައިގެެ ދާއިރާއިންނާއި، އެކި ދާއިރާތަކުން ޜާއްޖޭގައި އިންވެސްޓްކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި އެބޭންކް ވެގެންދާނެ. ރިއަލް އެސްޓޭޓް، ހައުންސިންގ މާކެޓާ އެހެން ދާއިރާތަކަށްވެސް.“ ރައީސް ވިދާޅުވެފައި ވެއެވެ.
މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހު ޕްރައިވަޓައޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުް(ޕީސީބީީ)އިން ވަނީ ބޭންކްގެ ބޯޑަށް 3 މެންބަރުން ޢައްޔަންކުރައްވާފަ އެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތާއި ސިންގަޕޫރުގެ 2 ބޭފުޅަކާއި ދިވެއްސެކެވެ. އެއީ، މއ. ވޭސައިޑް 805 ފްލެޓް އަޙްމަދު ޢަލީއާއި، ސިންގަޕޫރުގެ ރައްޔިތެއްކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދާއި އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ރޮބަޓް ޑެނިއެލް ކާންޓް އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،އިކޮނޮމިކް ޑެވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކް ހިންގުމަށް ބޭނުންވާ ލައިސެންސް މި ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށެވެ.


