ނިމިދިޔަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް އެވޯޑްސް އެންޑް ގާލާ އިވެންޓްގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި އެވެ.
އަދާރަން ހުދުރަންފުށީގައި މިމަހުގެ 22 ވަނަ ދުވަހު ބޭއްވި މިއިވެންޓްގެ ތެރެއިން ނަސީބުވެރިން ހޮވާފައިވަނީ އިވެންޓަށް ދިޔަ ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އެގޮތުން އެލައިޑްގެ އެންމެ ފުރިހަމަ، ޕްރިމިއަމް ވަރލްވައިޑް ޓްރެވަލް ޕްލޭން ލިބިފައިވަނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒް އަށެވެ.

ހެލްތް އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން، އެންމެ މަތީ ގިންތީގެ ”ސިލެކްޓް ގޯލްޑް“ ލިބިފައިވަނީ މުހައްމަދު މިރުސާދު އަށެވެ. އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން މިޕްލޭންސް ހަވާލުކޮށްދެއްވާފައިވަނީ ކުންފުނީގެ ސީއޯއޯ ޔޫލިއާނާ ރުސޭއީ އެވެ.
އެލައިޑް އިންޝުއަރަންސަކީ މިއަހަރުގެ ޓީޓީއެމްގެ އިންޝުއަރަންސް ޕާޓްނަރެވެ. އެގޮތުން އެލައިޑުން ފޯރުކޮށްދޭ އިންޝުއަރަންސް ސޮލިއުޝަންސް އާއި ބެހޭ ގިނަ ގުނަ މައުލޫމާތު ވަނީ އެގްޒިބިޓަރުންނާއި ހިއްސާކޮށްފައެވެ.



