ފެނަކައިގެ ސްމާރޓް މީޓަރ އެޕް މިރޭ ލޯންޗު ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
އެޕް ލޯންޗުކޮށް ރަސްމީކޮށް ބޭނުންކުރަންފެށުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ދ. ކުޑަހުވަދޫގައި ކަމަށާއި،މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް ، އެންވަރަމެންޓް އެންޑް އެނަރޖ،ީ ތޯރިޤް އިބްރާހީމް ކަމަށް ފެނައިން ބުންޏެވެ.
ފެނަކައިގެ ސްމާރޓް މީޓަރ ޕްރޮޖެކްޓަކީ، ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން ބޭނުންކުރެވޭ ސްމާރޓް މީޓަރަކ،ީ ކުރިން ބޭނުން ކުރަމުންދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެ މީޓަރެއްކަމަށް ފެނަކައިން ބުންޏެވެ.
މިއީ ފެނަކައިގެ ސްމާރޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް، އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަނެކެވެ.
ކުޑަހުވަދޫ އާއި ދާލު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުންވެސް ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާރޓް މީޓަރ
ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ.
ސްމާރޓް މީޓަރ ޕްރޮޖެކްޓް ފެށުމަށް 2022 ވަނަ އަހަރު ކޮންޓްރެކްޓް ކުރެވިފައިވީ ނަމަވެސް،މި މަޝްރޫޢު ހިންގުމަށް
ދޭންޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތެއްގައި ދެވިފައި ނުވާތީ މަޝްރޫޢުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ނަމަވެސް
އައު މެނޭޖްމަންޓާއެކު ފެނަކައިން ޢަމާޒު ހިފާފައިވަނ،ީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައ،ި ރާއްޖޭގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކޮށް، ފެނަކައިން ދޭ ޚިދުމަތްތަކަށް އޮތް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރަށް ކަށަވަރު ކުރުމަށެވެ.




