މާލޭގައި ހިންގަމުން އަންނަ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުން ރޭ ވަގަށް ނަގާފައިވާ2 ލެޕްޓޮޕް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ރޭގެވަގުތެއްގައި އެ ސްކޫލުން ވައްކަންކޮށްފައިވާ މައްސަލަ ރިޕޯޓްކުރުމާއި ގުޅިގެން އެތަކެތި ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. އެގޮތުން، ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ ފުލުހުން ކުރި މަސައްކަތުން މިރޭ އެ ދެ ލެޕްޓޮޕް ހޯދާފައިވާކަމަށެވެ.
”ސްކޫލުން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދާފައިވަނީ ވިއްކާލާފައިވަނިކޮށް މިރޭގެ ވަގުތެއްގައި.“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެހެންނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށެވެ.




