ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ފެރިދޫ އަދި އއ. ބޮޑުފޮޅުދޫ ގައި އޭޓީއެމް މެޝިނު ބަހައްޓައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނެފައިވަނީ ފެރިދޫ އަދި ބޮޑުފޮޅުދޫ ގައި މި ބެހެއްޓުނު އޭޓީއެމް މެޝިނުތަކާއެކު މިހާރު އއ. އަތޮޅުގައި ހަ އޭޓީއެމް މެޝިނު ބެހެއްޓިފައިވާނެ ކަމަށެވެ. އެގޮތުން އެއަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ހަ ރަށުގައި ވެސް އޭޓީއެމް ހުންނާނެކަން ބީއެމްއެލް އިން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން 2006 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ގެ ގޮތްޕެއް އއ. ރަސްދޫގައި ހުންނާނެކަމަށް ވެސް ބީއެމްއެލް ބުނެފައިވެއެވެ.
އއ. އަތޮޅުގައި ހުޅުވި މި އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން ރައްޔިތުންނަށް ފައިސާ ނެގުމަށާއި ޖަމާކުރުމަށް އިތުރު ފަސޭހަތަކެއް ވެގެން ދާނެކަމަށް ބީއެމްއެލް އިން ޔަގީންކަން ދެއެވެ.



