ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަން ކޮށްފިއެވެ.
ބީއެމްއެލް އިން ރޭގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ”ލޯންގް ޓަރމް ސަރވިސް އެވޯޑު“ ދީފައިވަނީ އެ ބޭންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ 29 މުވައްޒަފަކަށެވެ.
އެގޮތުން 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީ އެވޯޑު ހާސިލު ކޮށްފައިވަނީ:
- އަމްޝޫދާ ނަޢީމް ، ސްވިފްޓް ސަރވިސް މެނޭޖަރ
- އައިމިނަތު ނަސީމް، ކަސްޓަމަރ ސަރވިސް މެނޭޖަރ
- އާއިޝަތު ޝާދުނާ، މެނޭޖަރ، ޗެކް ޕްރޮސެސިންގ
30 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީ އެވޯޑު ހާސިލު ކޮށްފައިވަނީ:
- އަލްފާޟިލާ ފާޠިމަތު ޙުސައިން (ކަސްޓަމަރ ސަރވިސް އޮފިސަރ)
- އަލްފާޟިލާ ފާޠިމަތު މުޙައްމަދު (މެނޭޖަރ، އެޖެންޓް ބޭންކިންގ)
- އަލްފާޟިލާ މަރިޔަމް ޙަމީދު (ޗީފް ކޮމްޕަލަޔަންސް އޮފިސަރ)
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ އެ މުވައްޒަފުން މަސައްކަތަށް ދެއްވާ އަހުމިއްޔަތުކަމަށާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުންނެވިކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.



