ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން އެސްޓީއޯއިން 1 ނޮވެމްބަރު 2024 ފެށިގެން 4 ނޮވެމްބަރު 2024ގެ ނިޔަލަށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު ވެއަރ ހައުސް ސޭލެއް ކުރިއަށް ގެންދިޔުމަށް ފަށައިފިއެވެ.
“ ހުސްވީމަ ހުސްވީ“ގެ ނަމުގައި ބާއްވާ މި ވެއަރ ހައުސް ސޭލްގައި ހިމެނޭ ބްރޭންޑް ތަކުގެ ތެރޭގައި:
- ހިޓާޗީ
- މަކިޓާ
- ނިޕޯން ޕެއިންޓް
- ރެމިންގްޓަން
- ރަސްލް ހޮބްސް
މީގެ އިތުރުން ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ %80 އާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެކެވެ. އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއަރ ހައުސް ސޭލް ކުރިއަށް ދާނެ ގަޑި ތަކަކީ
- 1 ނޮވެމްބަރު 2024 (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00
- 2 ނޮވެމްބަރު 2024 (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00
- 3 ނޮވެމްބަރު 2024 (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
- 4 ނޮވެމްބަރު 2024 (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
އެސްޓީއޯއިން ކުރިއަށް ގެންދާ މިވެއަރ ހައުސް ސޭލްގެ ތެރެއިން -/500ރ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއަރ ހައުސް ސޭލް ނިމުމުން ނެގޭ ގުރުވަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.




