ފެނުގެ ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ފެނުގެ ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ މުހިންމެ މަސައްކަތެއް ކުރަންޖެހޭތީ މިރޭ މެންދަމު 00:00 އިން މާދަމާ ހެނދުނު 8:00 އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދު ކެނޑިގެންދާނެ ކަމަށެވެ.
އެގޮތުން ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ފާހަގަ ކޮށްފައިވަނީ ކާމިނީ މަގާއި މާވެޔޮމަގާއި ދެމެދުން މަޖީދީމަގުގައި ހިމެނޭ ގޭބިސީތަކުންނެވެ.
މިކަމަށްޓަކައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ނިހާޔަތައް މައާފަށް އެދެއެވެ.



