ސަރުކާރު ބަންދު ދުވަސްތައް ކަމުގައިވާ 2024 ނޮވެންބަރު 3 އަދި 10 ވަނަ ދުވަހު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް މޯލްޑިވްސް އިމިގްރޭޝަނުގެ މިއަދު އިއުލާނު ކޮށްފިއެވެ. ނަމަވެސް މިއީ ހަމައެކަނި އިމިގްރޭޝަންގެ މާލޭ އޮފީހުން ޚިދުމަތް ދޭ ގަޑިތައް ކަމުގައި އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެގޮތުން އިމިގްރޭޝަނުގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރަށް ވަނީ ހުޅުވާލާފައެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ކުއްލި ހާލަތްތަކުގައި ޕާސްޕޯޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ.
ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން 14:00 އަށް ކިޔުބީން ނަންބަރެއް ނަގައިގެން ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރެއް ނަގައިގެންނެވެ.
ސިއްޙީ ކުއްލި ހާލަތްތަކުގައި ގުޅާނީ އިމިގްރޭޝަންގެ 9555333 އަށެވެ.



