މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އަމީޒާ އެމަގާމަށް އައްޔަން ކުރުމަށް މަޖިލީހުގައި މިއަދު ވޯޓު ނަގާފައި ވަނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު އެމްއެމްއޭގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ދައުރު މިދިޔަ މަހު 31 އަށް ހަމަވާތީވެ، އެމަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަސްމާ އާއި އަމީޒާގެ ނަން ފޮނުއްވާފައިވާއިރު، އޭގެ ތެރެއިން އިސްކަން ދެއްވާފައި ވަނީ އަމީޒާއަށެވެ.
މިހާރު އަމީޒާ އަދާކުރައްވަނީ މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް އެންފޯސްމެންޓްގެ މަގާމެވެ.


