މާފަންނު ބޮޑުގެ ބިމުގައި މިސްކިތެއް އިމާރާތް ކުރުމަށް ވިޔަފާރިވެރިންގެ ޓީމަކާއި ޙަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ތިން ފަންގިފިލާގެ މިސްކިތެއް ކަމަށެވެ.
މީގެއިތުރުން، މިމަޝްރޫޢު ޙަވާލުކުރައްވާފައިވަނީ މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ވިޔަފާރިވެރިންގެ ޓީމަކާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިމިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިންތިޒާމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.
މީގެއިތުރުން، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި މިސްކިތުގެ ބިންގާ ރޯދަ މަހުގެ ފަހުން މިސްކިތް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.




