އަރަބި އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ޚަރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދަތުރުފުޅުގައި ސައުދީގެ ވެރިރަށް ރިޔަދުގައި ބާއްވާ ”އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް އިސްލާމިކް ސަމިޓް“ އާއި ސަމިޓްގެ ހަވާސާގައި ބާއްވާ އިތުރު ބައްދަލުވުންތަކުގައި ވެސް ބައިވެރިވެޑައިގަންނަވާނެ ކަމަށެވެ.
މީގެއިތުރުން، މި ސަމިޓުގެ ތެރެއިން އިސްލާމީ އުއްމަތަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށާއި، މީގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސައުދީގައި ވާއްވާ އަރަބި އިސްލާމީ ސަމިޓުގައި ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ ހުރިހާ މަންސަތަކެއްގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރަމުންނެވެ.



