ފުވައްމުލަކު ސިޓީއިން ގެއްލިގެން ހޯދި 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ފެނިއްޖެއެވެ.
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ އެކުއްޖާ ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.
މިކަމާއި ގުޅޭ ގޮތުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ފުލުހުން ބުނީ މިހާރު އެކުއްޖާ ފެނިފައިވާ ކަމަށާއި، އެކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން މިރޭ ކުރިން މީޑިއާ އާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ފުވައްމުލަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލުގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުންދާ ކަމަށެވެ.
މިހާރު އެކުއްޖާ ފެނިފައިވާއިރު، ކުއްޖާ ގެއްލުނު ގޮތާއި، ކުއްޖާ ފެނުނީ ކޮންތަނަކުން ކަމެއް ވެސް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.



