ރ. މާކުރަތު ޒުވާނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ރ. މާކުރަތު/ ތިންތަރި، އުމުރުން 21 އަހަރުގެ އަޙްމަދު ޝާހީން އެވެ.
ޝާހީން ގެއްލިގެން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން އޭނާގެ އާއިލާއަށެވެ.
ފުލުހުން ވަނީ އަޙްމަދު ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.




