ގެއްލިގެން ހޯދަމުން ދިޔަ މާކުރަތު ޒުވާނާ ފެނިއްޖެއެވެ.
ދާދި ދެންމެއަކު ފުލުހުން ވަނީ އޭނާ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމުގައި ބުނެފައެވެ.
ފުލުހުން މިއަދު ކުރިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ރ. މާކުރަތު / ތިންތަރި، އަހްމަދު ޝާހީން (21އ) ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ގެއްލިގެން ހޯދި ޒުވާނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



