ރާއްޖޭގެ 29 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މާގަމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އަނެއްކާ ވެސް އިއުލާންކޮށްފިއެވެ.
ސީއެސްސީއިން ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް 29 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދުމަށް އިއުލާނުކޮށްފައެވެ.
އެސްޖީގެ މަގާމަށް ކުރިމަތިލުމަށް އިއުލާނު ކުރުމަށްފަހު ސީއެސްސީއިން ބުނެފައި ވަނީ އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ސީއެސްސީ އިން އެސްޖީން ހޯދުމަށް އިއުލާނުކޮށްފައިވާ ކައުންސިލްތަކަކީ:
- ވަށަފަރު ކައުންސިލް އިދާރާ/ހއ. ވަށަފަރު
2. ކެލާ ކައުންސިލް އިދާރާ/ހއ. ކެލާ
3. މުރައިދޫ ކައުންސިލް އިދާރާ/ހއ. މުރައިދޫ
4. ހިރިމަރަދޫ ކައުންސިލް އިދާރާ/ހދ. ހިރިމަރަދޫ
5. ފޭދޫ ކައުންސިލް އިދާރާ/ށ. ފޭދޫ
6. މަރޮށީ ކައުންސިލް އިދާރާ/ށ. މަރޮށި
7. ފީވަކު ކައުންސިލް އިދާރާ/ށ. ފީވަށް
8. ވާދޫ ކައުންސިލް އިދާރާ/ރ. ވާދޫ
9. ރަސްމާދޫ ކައުންސިލް އިދާރާ/ރ. ރަސްމާދޫ
10. މަޑުއްވަރީ ކައުންސިލް އިދާރާ/ރ. މަޑުއްވަރީ
11. އިންނަމާދޫ ކައުންސިލް އިދާރާ/ރ. އިންނަމާދޫ
13. ފެހެންދޫ ކައުންސިލްގެ އިދާރާ/ބ. ފެހެންދޫ
14. ހިތާދޫ ކައުންސިލް އިދާރާ/ ބ. ހިތާދޫ
15. ތުލުސްދޫ ކައުންސިލް އިދާރާ/ ކ. ތުލުސްދޫ
16. ތޮއްޑޫ ކައުންސިލް އިދާރާ/އއ. ތޮއްޑޫ
17. ދިއްދޫ ކައުންސިލް/އދ. ދިއްދޫ
18. މަހިބަދޫ ކައުންސިލް އިދާރާ/އދ. މަހިބަދޫ
19. ހަންޏާމީދޫ ކައުންސިލް އިދާރާ/ އދ. ހަންޏާމީދޫ
20. ރަކީދޫ ކައުންސިލްގެ އިދާރާ/ވ. ރަކީދޫ
21. ދަރަނބޫދޫ ކައުންސިލް އިދާރާ/ފ. ދަރަނބޫދޫ
22. ރިނބުދޫ ކައުންސިލް އިދާރާ/ދ. ރިނބުދޫ
23. ކުޑަހުވަދޫ ކައުންސިލް އިދާރާ/ދ. ކުޑަހުވަދޫ
24. މާއެނބޫދޫ ކައުންސިލް އިދާރާ/ދ. މާއެނބޫދޫ
25. ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލް އިދާރާ/ތ. ގާދިއްފުށީ
26. ތިމަރަފުށީ ކައުންސިލް އިދާރާ/ ތ. ތިމަރަފުށި
27. ދަނބިދޫ ކައުންސިލް އިދާރާ/ ލ. ދަނބިދޫ
28. ކޮލަމާފުށީ ކައުންސިލް އިދާރާ/ގއ. ކޮލަމާފުށި
29. ދެއްވަދޫ ކައުންސިލް އިދާރާ/ގއ. ދެއްވަދޫ
ކައުންސިލުތަކަށް އެސްޖީއިން އައްޔަން ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ދެ ގިންތިއަކުން އެސްޖީންނަށް މުސާރަ ދެވެއެވެ. ފުރަތަމަ ގިންތީގައި މަހަކު 9،300ރ. އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި ދެވޭ 6،800ރ. ލިބޭއިރު، ދެވަނަ ގިންތީގައި އަސާސީ މުސާރައިގެ ގޮތުގައި 8،835ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6،450ރ. ލިބެއެވެ.



