ނޭޕާލްގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލްއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
އަޒަރުބައިޖާނުގެ ބަކޫގައި މިހާރު ކުރިއަށްދާ ކޮޕް29 ސަމިޓުގެ ހަވާސާ ތެރެއިން ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި ނޭޕާލާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ދެގައުމުގެ ދެމެދުގައި އޮތް ލަނޑުދަނޑިތައް އިތުރު ކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ބާއްވާ ކޮންފެރެންސް އޮފް ދަ ޕާޓީޒް (ކޮޕް29) ސަމިޓުގައި ބައިވެރިވެ ރައީސް ޑރ. މުޢިއްޒު ވަނީ ތަގުރީރުދެއްވާފައެވެ. އެމަނިކުފާނުގެ ތަގުރީރުގައި، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.




