މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޯކް ލިފްޓެއް ފޯރުކޮށްދިނުމާއި ގުޅޭ އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އެމްޕީއެލް ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާޙިމެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި މަސައްކަތުގައި ބޭނުންކުރުމަށް އެމްޕީއެލްއިން ފަސް ޓަނުގެ ފޯކް ލިފްޓެއް ފޯރުކޮށްދެވިގެންދާނެއެވެ.




