ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ދާއިރާތަކުގެ އިންތިޙާބުގައި ވާދަކުރަން ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ޝަރުތު ފުރިހަމަވާ ލިސްޓު އިއުލާނުކޮށްފިއެވެ.
މިއަދު ޕީއެންސީއިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 2024 ނޮވެމްބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެޕާޓީގެ ގެ ދާއުރާތަކުގެ އިންތިޙާބުގައި ވާދަކުރަން ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުތަކާއި، އިޖުރާއަތު ފުރިހަމަވެފައިވާ ފަރާތްތަކުގެ ލިސްޓު އިއުލާނު ކޮށްފައިވާ ކަމަށެވެ.
ޕީއެންސީން ބުނެފައިވާ ގޮތުގައި އާއްމުކޮށްފައިވާ ލިސްޓުގެ ތެރެއިން ދާއިރާތަކާއި ރަށްތަކުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އަދަދަށް ނުވަތަ އެއަށް ވުރެއް މަދު ކެންޑިޑޭޓުންގެ ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވާނަމަ، ވޯޓު ނެގުމަކާއި ނުލައި އެކެންޑިޑޭޓުން އެމަގާމުތަކަށް އިންތިހާބު ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެއް ގިނަ ކެންޑިޑޭޓުންގެ ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވެފައިވާ ދާއިރާތަކާއި ރަށްތަކުގައި އިންތިހާބު ކުރިއަށް ގެންދެވޭނެކަމަށް ޕީއެންސީއިން ބުނެފައިވެއެވެ.
އެގޮތުން ޕީއެންސީއިން އިއުލާނުކޮށްފައިވާ އިންތިހާބު ބާއްވަންޖެހޭ މަގާމުތަކަކީ:
- ކޮންގްރެސް ޕާޓީގެ ދާއިރާ ރައީސް ގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންނާއި އިންތިހާބު ބާއްވަން ޖެހޭ ދާއިރާތައް
- ކޮންގްރެސް ޕާޓީގެ ދާއިރާ ނައިބު ރައީސްގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޙާބު ބާއްވަން ޖެހޭ ދާއިރާތައް
- ކޮންގްރެސް ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސް ގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންނާއި އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް
- ކޮންގްރެސް ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސް ގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންނާއި އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް
- ކޮންގްރެސް ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކުގެ މަގާމުތަޖަށް ވާދަ ކުރާ ކެންޑިޑޭޓުންނާއި އިންތިހާބު ބާއްވަން ޖެހޭ ދައިރާތަކާއި ރަށްތައް
ޕީއެންސީއިން ހާމަކޮށްފައިވާ ގޮތުގައި އިންހާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް އަދި ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވާ ކެންޑިޑޭޓުންގެ ނަންތައް މަތީގައި ތަރުތީބު ކުރެވިފައިވާ ގޮތަށް ވަނީ އިއުލާނު ކުރެވިފައެވެ.
އިންތިހާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ރަށްތަކުގައި ވޯޓު ނެގުން ކުރިއަށް ދާނެ ވަގުތުތައް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ޕީއެންސީއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.



