ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތިމަށްފަހު މިވީ އެއް އަހަރު ދުވަސް ތެރޭގައި ވެމްކޯއަަށް އެތައް ކާމިޔާބީތަކެއް ލިބިއްޖެއެވެ.
އެގޮތުން ވެމްކޯގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަކީ:
1. ވެމްކޯއާއި ހަވާލުވުމަށްފަހު ރާއްޖޭގެ ބޮޑު ދެ ސިޓީ ކަމަށްވާ ކުޅުދުއްފުށި ސިޓީއާއި ތިނަދޫ ސިޓީގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި ކ. މާފުށީގައި ވެސް ދަނީ ވެމްކޯގެ ހިދުމަތް ދެމުންނެވެ.
2. ހައްދުންމަތީ ފޮނަދޫ އަދި ގަމުގައި ވެސް އަންނަނީ ހިދުމަތް ރަސްމީކޮށް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާގައި ފޮނަދޫގައި ވެމްކޯގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
3. ކ. ހިންމަފުށި އަދި ކ. ގުރައިދޫގައި ވެމްކޯގެ ހިދުމަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން ދަނީ ވަމުންނެވެ.
4. އިތުރު ރަށްތަކެއްގައި ވެސް ވެމްކޯގެ ހިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
5. މާލޭގައި ގާއިމުކޮށްފައިވާ ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަނަށް ގެނެވުނު ބަދަލާއެކީ މަސައްކަތް ވަނީ ފެށިފައެވެ. މިގޮތުން މިހާރު ދުވާލަކު 200 އެއްހާ އުޅަނދަށް ހިދުމަތް ދެވިގެންދާނެއެވެ. އަދި ތިލަފުއްޓަށް ކުނި ގެންދިޔުން ވަނީ ކޮންޓައިނަރައިޒް ކޮށްފައެވެ.
6. ކޮކާކޯލާ ފައުންޑޭޝަންގެ އެހީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ގާއިމު ކުރުމަށް ވެމްކޯއާއި މޯޕްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.
ވެމްކޯގެ ހިންގުން ހަރުދަނާ ކުރުމަށާއި އާމްދަނީ އިތުރު ކުރުމަށް ވެސް އެކުންފުނިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން:
1. ވެމްކޯގެ ބިލު ސްޓެލްކޯގެ ބިލުގެ ތެރެއިން ބިލް ކުރެވެން ފަށައި، އަދި ގޭބިސީތަކުން ރެޖިސްޓަރ ކުރެވިފައިވާ އަދަދު 27،000 އިން 55،000 އަށް ވަނީ އިތުރުކުރެވިފައެވެ.
2. ޕްރޮޖެކްޓުތަކަށް ޚާއްސަ ޕްރޮޖެކްޓު ޑިޕާޓްމަންޓެއް އުފައްދާ ޕްރޮޖެކްޓުތަކުން އާމްދަނީ ހޯދަން ވެސް ފެށިއެވެ.
3. ފަތުރުވެށި ނަމުގައި ރިސޯޓު ވޭސްޓް ކަލެކްޝަން ހިދުމަތް ތަޢާރަފުކޮށް ރިސޯޓުތަކުން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ފެށިއެވެ.
4. އޮފީސްތަކަށް ޚާއްސަ ފޮޅާ ސާފުކުރުމުގެ ހިދުމަތް (ހޮބާގެ ހިދުމަތް) ވެސް މިއަހަރުގެ ތެރޭގައި ފަށާފައިވެއެވެ. އެގޮތުން މިހާރުވެސް 7 އިދާރީ އޮފީހަކަށް މި ހިދުމަތް ވެމްކޯއިން އަންނަނީ ދެމުންނެވެ.
5. މާލޭ ސަރަހައްދުގައި ވިޔަފާރިތަކުގެ އަދަދު ކަމަށް ބެލެވޭ 12،000 އެއްހާ ތަން ހުރިނަމަވެސް ވެމްކޯގައި ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދަނީ 3000 އެއްހާ ތަނެވެ. ވިޔަފާރިތައް ވެމްކޯގެ ކޮމަރޝަލް ހިދުމަތަށް ރެޖިސްޓްރީ ކޮށްފައިވާ އަދަދު އިތުރު ކުރުމަށް ރެޖިސްޓްރޭޝަން ޑްރައިވެއް ފަށައި، ފާއިތުވީ މަހެއްހާ ދުވަސް ތެރޭގައި 271 ހާ ކަސްޓަމަރުން އިތުރު ކޮށްފައިވެއެވެ.
6. ކުންފުނީގެ އެޑްމިން، އެޗްއާރް އަދި އެކައުންޓިންގް ރިކޯޑުތައް ބެލެހެއްޓުމަށް ސޮފްޓްވެއަރތައް އަޕްގްރޭޑުކޮށް އީއާރްޕީ ސޮފްޓްވެއަރ އިމްޕްލިމެންޓު ކުރަން ފަށާފައިވެއެވެ.
މީގެއިތުރުން ވެމްކޯގެ މެއިން ފެސިލިޓީ ކަމަށްވާ ތިލަފުއްޓަށް ވެސް އެކުންފުނީގެ ފަރާތުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން:
1. ކުނި ތިލަފުއްޓަށް ގެނައުމުން ބައިބަޔަށް ކުނި ވަކިކޮށް، ކުނިތައް ފުރާނާ ކުދިކުރުމަށްފަހު ބަންދު ކުރަން ފެށިއެވެ.
2. ކުނިވާ ޒާތުގެ ކުނި ވަކި އުސޫލަކުން ލޭންޑްފިލްއަށް އަޅަމުން ދެއެވެ.
3. މަރާމާތު ނުކޮށް ގިނަ ދުވަސްވީ ވެހިކަލްތަކާއި މެޝިނަރީސްތައް މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނެވިފައިވެއެވެ.
4. ކުރިއާއި ޚިލާފަށް މިހާރު ހިދުމަތް ހޯދުމަށް އަންނަ އުޅަނދުތަކަށް މަދުވެގެން 3 ގަޑިއިރު ތެރޭގައި ހިދުމަތް ދެވިގެން ދާނެއެވެ.
5. މިހާރު ތިލަފުށި އޮޕަރޭޝަން އޮޕަރޭޝަން ވަނީ 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.
6. ތިލަފުއްޓަަށް ކުނި ގެންނަ އުޅަނދުތަކުގެ ބަރުދަން ރަޖިސްޓްރީކޮށްފައިވާ ގޮތް ދެނެގަނެ، ޓްރާންސްޕޯޓު މިނިސްޓްރީ އާއި މަޝްވަރާކޮށް އަގުތައް މިހާރު ކުރިއަށް ގެންދަންވަނީ ފަށާފައެވެ.



