މިސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އެޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 7:45 ގައި ސޯޝަލް ސެންޓަރުގައެވެ.
މިޖަލްސާއަށް ސަރުކާރުގެ މުވައްޒަފުންނާއި މަޖިލިސް މެންބަރުންނަށް ވަނީ ދައުވަތު ދެއްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރިފައިވާއިރު، ސަރުކާރުގެ އެކި އިދާރާތަކުން އަންނަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެއިދާރާއަކުން ކޮށްފައިވާ ކަންކަން ފާހަގަ ކުރަމުންނެވެ.




