ރާއްޖޭގެ އެކި ސަރަހައްދުގައި އިމިގްރޭޝަނުން އަލަށް ގާއިމުކުރާ އޮފީސްތަކަށް މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އިމިގްރޭޝަންގެ ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސަރަހައްދެއްގައި 7 އޮފީހެއް ގާއިމުކުރަން އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ. އެގޮތުން އެ އޮފީސްތަކަށް 21 އިމިގްރޭޝަން އޮފިސަރުން ހޯދަން ބޭނުންވާ ކަމަށް އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
* ހުޅުމާލެ އޮފީސް ފޭސް އެކެއް (ފަސް އޮފިސަރުން)
* ހުޅުމާލެ އޮފީސް ފޭސް ދޭއް (ފަސް އޮފސަރުން)
* ވިިލިމާލެ އޮފީސް (ތިން އޮފިސަރުން)
* ފޮނަދޫ އޮފީސް (ދެ އޮފިސަރުން)
* ކުޑަހުވަދޫ އޮފީސް (ދެ އޮފިސަރުން)
* އޭދަފުށި އޮފީސް (ދެ އޮފިސަރުން)
* ށ. ފުނަދޫ އޮފީސް (ދެ އޮފިސަރުން)
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އަންނަ ބުރާސްފަތީގެ ނިޔަލަށް އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އިމިގްރޭޝަނުން ރާއްޖޭގެ 7 ރަށެއްގައި އިމިގްރޭޝަންގެ އޮފީސް ގާއިމުކޮށް މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައި މިވަނީ 2026 ގެ ނިޔަލަށް ހުރިހާ އަތޮޅަކާއި ސިޓީތަކެއްގައި ޕާސްޕޯޓްގެ ހިދުމަތް ވެސް ފަށަން ސަރުކާރުން ކަނޑައަޅާފައިވަނިކޮށެވެ.




