އަންނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިމުބާރާތާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ، ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވާ ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. އެގޮތުން ކޮންމެ ގޮތްޕެއްގައި ވެސް 3 އުމުރުފުރާ ހިމެނޭނެ ކަމަށާއި އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށް ކަމުގައިވެސް ބުނެފައިވެއެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް ވެސް ބުނެފައިވެއެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެ ކަމަށް ބުނެފައިވެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެ ކަމަށާއި ކޮންމެ ގޮތްޕަކުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވެނީ އެއް ގޮފީގައެވެ.
ޤުރުއާން މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
ޤުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެ
2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް
- ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
ޤުރުއާން މުބާރާތުގެ ކޮންމެ ގޮއްޕަކުން މުޅި މުބާރާތުން:
- ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
- ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މަދަޙަ މުބާރާތު ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ އާއި މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ.
މަދަޙަ މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ހުށަހަޅާފައިވާ އިނާމުތަކަކީ:
ކޮންމެ އުމުރުފުރާއަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ -/5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މަދަޙަ މުބާރާތުގެ މުޅި މުބާރާތުން:
1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މުބާރާތް ބާއްވާނެ ތާރީޚް މާލެ ސިޓީ ކައުންސިލުން ފަހުން އިޢުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.



