ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުތަކުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
މި އިންތިހާބު ފެށުނީ މިއަދު ހެނދުނު 10:00 ގައެވެ. އަދި މިއަދު މެންދުރު 14:00 އާ ހަމައަށް މިއިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ވޯޓުލުން ކުރިއަށްދާނީ ގއ، ގދ، ލ، ތ، މ، ދ، އއ، ކ، ބ، ރ، ނ، ޅ، ށ، އދ، ސ، ޏ، ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ޕާޓީން ބުނީ ށްރަށުގައި ވޯޓުލުން ކުރިއަށް ދާނީ އެރަށެއްގެ ސުކޫލު އިމާރާތުގައި ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ކަމަށެވެ. އަދި އެ ޕާޓީގެ އެތެރޭގެ 59 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ ކަމަށް ވެސް ޕީއެންސީން ބުނެފައިވެއެވެ.
ޕީއެންސީން ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ލިސްޓުތައް އާންމުކޮށްފައި ވާއިރު، ޖުމްލަ 91 ދާއިރާއެއްގެ ތެރެއިން ލިސްޓުގައި ވާގޮތުން 32 ދާއިރާއެއްގެ މަގާމުތަކަށް އެއްވެސް އިންތިހާބެއް ނެތި މެންބަރުން ވަނީ ހޮވިފައެވެ.



