ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާދޭން އުޅުނު މީހާގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އިއްޔެ އިރުއޮއްސި 18:30 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެވަގުތު އެމީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އދ. ދަނގެތި ލިލީގޭ / ހުސެއިން ފާއިޤް (33އ.) ކަން ފުލުހުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.



