ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނުވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓިއޯއިން ބުނެފައިވާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ކާޑުގެ ބާވަތްތަކުގެ ކޯޓާގައި އުސޫލުން ބޭރުން ލަންކާއަށް ހަކުރު އެތެރެކުރާ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް، މި މައްސަލައިގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރުމަށް އެއްވެސް ހުރަހެއް ދިމާވެފައެއް ނުވެއެވެ.
މިކަމާއި ގުޅޭ ގޮތުން އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ލަންކާއަށް ހަކުރު ބޭރުކުރާ މައްސަލައެއް ފެންމަތިވެ، ކާޑުގެ ބާވަތްތަކުގެ ތެރެއިން އިންޑިއާއިން ވަނީ ރާއްޖެއަށް 64,494 ޓަނު ހަކުރު ބޭރުކުރުން މަޑުޖައްސައިލައިފައެވެ.
އިންޑިއާ އަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެންމެ ގިނައިން ފޯރުކޮށްދޭ ގައުމެކެވެ.




