އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރަކަށް، ޖީ. ބަލަސުބްރަމާނިއަން އައްޔަންކުރަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއިން ނިންމައިފިއެވެ.
ކުރިން މިމަގާމުގައި ހުންނެވމުނޫ މަހާވަރުގެ ދައުރު މިމަހު ހަމަވާއިރު، އޭނާ މިމަގާމަށް އައްޔަން ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ.
ބަލަސުބްރަމާނިއަމް މި ވަގުތު ހުންނެވީ އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ. އޭނާ އަންނަނީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.




