ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ތަޢާރަފްކުރި ”އިމިގްރޭޝަން ވޮޗް“އަށް މިހާތަނަށް 900 އަށް ވުރެއް ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހު ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ތައާރަފްކޮށްފައިވާ ”އިމިގްރޭޝަން ވޮޗް“ އަށް މިހާތަނަށް ވަނީ 966 މައްސަލަ ވަނީ ހުށަހަޅާފައެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ހޯދުމުގެ ގޮތުން ކުރި މަސައްކަތް ތަކުގެ ތެރޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެގޮތުން 200 އަށްވުރެއް ގިނަ އޮފިސަރުން ހިމަނައިގެން މާލެ އަދި ހުޅުމާލޭގައި މާސް އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސް، ޖުމްލަ 5012 ބިދޭސީން ރާއްޖެއިން ފުރުވާލައި 1300 އަށްވުރެއް ގިނަ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޤަވާއިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.




