ވިނަރެސް މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ގަނެފައިވާ ފަރާތްތަކުން، އެ ފްލެޓުތަކުގެ އެތެރޭގައާއި ބޭރުގައި ކާރު ޕާކު ކުރަން ޖާގަ ދޫކުރަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ކާރު ޕާކު ކުރުމުގެ ޖާގަ ދޫކުރުމަށް ނިންމާފައިވަނީ ދެ މޮޑެލްއެއްގެ ދަށުން ކަމަށެވެ.
އެއީ އިމާރާތުގެ އެތެރެއިން (ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދައާއެކު) ޖުމްލަ 76 ޖާގައާއި އިމާރާތުގެ ބޭރުން ހަމައެކަނި ކާރު ޕާކު ކުރުމުގެ ބޭނުމަށް 78 ޖާގައެވެ.
ޕާކިންގް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު:
ޕާކިންގް ޖާގައަށް އެދި ހުށަހެޅުމުގެ ޝަރުތުތައް:
- ވިނަރެސް މަޝްރޫޢުއިން ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓް ކަމުގައިވުން
- އެޗްޑީސީއަށް 5 ޑިސެމްބަރު 2024 ގެ ނިޔަލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކާހުރި ފަރާތެއް ކަމުގައި ނުވުން.
- ފޯމު ހުށަހަޅާފަރާތުގެ ނަންމަތީ އެޗްޑީސީން ބަލަހައްޓަމުންދާ އެއްވެސް ތަނަކުން ގަނެފައިވާ ނުވަތަ ކުއްޔަށް ނަގާފައިވާ ތަންތަން
- މި މުއްދަތުގެ ތެރޭގައި ޑިސެމްބަރު މަހުގެ ކުލި ހިމެނޭނެ
- ކޮންމެ ފަރާތަކަށް ވެސް ދޫކުރެވޭނީ އެއް (1) ޕާކިންގް ޖާގަ
- ދޫކުރެވޭ ޕާކިންގް ޖާގައަކީ ފްލެޓު ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއްގެ ގޮތުގައި ހަމަޖެހޭނެ.
ޕާކިންގް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ މޮޑެލްތަކުގެ ތަފްސީލު:
އިމާރާތުގެ ތެރެއިން ބީލަމުގެ އުސޫލުން ޕާކިންގް ޖާގަ ވިއްކުމާ ގުޅޭ ތަފްސީލު:
- ބީލަން ފެށޭ އަގު 650،000 ރުފިޔާ (ހަލައްކަ ފަންސާސް ހާސް ރުފިޔާ)
- ޕާކިންގް ޖާގަ ގަންނަ ފަރާތްތަކަށް މިޖާގައިގައި ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރެވޭނެ
- ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ޕާކިންގް ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެ.
އިމާރާތުގެ ބޭރުން ބީލަމުގެ އުސޫލުން ޕާކިންގް ޖާގަ ކުއްޔަށް ދޫކުރުމާގުޅޭ ތަފްސީލު:
- ބީލަން ފެށޭ އަގު (މަހު ކުލި) 2،000 ރުފިޔާ (ދެހާސް ރުފިޔާ)
- ޕާކިންގް ޖާގަ ކުއްޔަށް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް.
- ސެކިއުރިޓީ ޑިޕޮސިޓް: މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަށްވާ ތިން މަހަށްވާ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެ.
- ޕާކިންގް ޖާގަ ދޫކުރެވޭނީ ހަމައެކަނި ޕާކު ކުރުމުގެ ބޭނުމަށް. މިޖާގަތަކުގައި ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދައެއް ނުދެވޭނެ.
ވިނަރެސް ޓަވަރުތަކުން ފްލެޓު ގަނެފައިވާ ފަރާތްތަކުން ކާރު ޕާކު ކުރުމަށް ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާނަމަ، މިކަމަށް އެދި ހުށަހެޅޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އިއުލާނާއެކު ޝާއިޢުކޮށްފައިވާ މައުލޫމާތު ކަރުދާހާއެއްގޮތަށް ޕޯޓަލްގައިވާ އިންވެސްޓަރ ރެޖިސްޓްރޭޝަން އަދި ޕްރޮޖެކްޓު ރެޖިސްޓްރޭޝަން ހުށަހެޅުމުގެ ފުރުސަތު 25 ނޮވެމްބަރު 2024 އިން 5 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ނިޔަލަށް އެޗްޑީސީން ވަނީ ހުޅުވާލައިފައެވެ.




