ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މ.، ފ.، ދ.، ތ. އަދި ލ. އަތޮޅުގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 25 ނޮވެމްބަރު 2024 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން 51 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ، ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ވަނީ ސިއްރުކޮށްފައެވެ.



