ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ސުހައިލް މިއަދު އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ޚަބަރު ސައުވީސްއަށް ކަށަވަރުވެފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބު މި ވަގުތު އަދި ސާފުވެފައެއް ނުވެއެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ އެފްއެސްއެމްއަކީ ރާއްޖޭގައި ތެޔޮ ވިއްކުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ކުންފުންޏެވެ. މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިސްމާއީލް ސުހައިލް އައްޔަނުކުރެއްވީ މިހާރުގެ ސަރުކާރުންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
އިސްމާއީލް ސުހައިލްގެ އިސްތިއުފާއާ ގުޅިގެން، އެފްއެސްއެމްގެ އައު މެނޭޖިން ޑިރެކްޓަރެއް އައްޔަނުކުރާނެ ގޮތާއި ތާރީޚާ ބެހޭ ގޮތުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.



