ނޯތް ސެންޓްރަލް ޕޮލިސް ޑިވިޜަނުގެ ދާއިރާގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މައްސަލަ ހިނގާފައިވަނީ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު ނުވަތަ ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.


