އަންހެނެއްގެ ފޭސްބުކް އެކައުންޓު ހެކްކޮށްގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަންހެނެއްގެ ފެސްބުކް އެކައުންޓު ހެކްކޮށްގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއް އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ، އަންހެނެއްގެ ފޭސްބުކް އެކައުންޓު ހެކްކޮށް، އެހެން މީހުންނަށް އޭގެން މެސެޖުކޮށްގެން ފައިސާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މިކަމުގައި ފުލުހެއް ޝާމިލުވާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެކަމާ ގުޅިގެން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.




