ކާރެއްގައި ރޯކޮށްލި މައްސަލަ އެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ، ބުރުޒުމަގު ސިނަމާލެ-01 ޕާކިންގް ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި 25 ނޮވެމްބަރު 2024 ވަނަ ދުވަހުގެ 18:25 ހާއިރު އަލިފާން ރޯކޮށްލާފައިވާ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މ. އަރާރަތްކުރި / ޚާލިދު މަހްމޫދު (35އ.) އާއި އދ. މާމިގިލި ބްލޫ ވިންޑް / ހަސަން ނަސީމް (31އ.) އެވެ.
މި ދެމީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



