މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން އިރުއޮއްސި 6:30 އާއި ހަމައަށެވެ.
އެގޮތުން މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ގަޑއިަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
ކަނޑުގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.




