ީގެ ހަތަރު ވަރަކަ އަހަރު ކުރިން ޓިކްޓޮކްގައި އެންމެ ނަންވިދާލި އެއްތަރި ކަމުގައިވާ ޏ. ފުވައްމުލައް/ މިސްކިތްމަގު މީޓް، އުމުރުން 27 އަހަރުގެ އައިޝަތު ޝަހުމާ (ޝަހޫ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޝަހޫ ފުލުހަށް ހާޒިރުވުމަށް އަންގައި ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކުރި އެންގުމުގައި ވިދާޅުވެފައިވަނީ އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިމިވަނީ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށެވެ.
”ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން“ ޝަހޫ ފުލުހަށް ހާޒިރުވާން ނެރެފައިވާ އެންގުމުގައި ވިދާޅުވެފައިވެއެވެ.
ޝަހޫ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.
މިކަމާ ގުޅިގެން ޝަހޫ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އެއްވެސް މީހަކު މިކަމާ ގުޅިގެން އޭނާއަށް ޕްރައިވެޓުގައި މެސެޖުކޮށް ސުވާލު ނުކުރުމަށެވެ.
މީގެއިތުރުން ޝަހޫ ވަނީ އޭނާ މިވަގުތު މާލޭ ނެތް ކަމަށާއި ފުލުހަށް ހާޒިރުވާންވީ ސަބަބު ނޭނގޭ ކަމަށް ބުނެ ކޮށްފައިވާ މުއާމަލާތެއްގެ ސްކްރީންޝޮޓެއް ވެސް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.




