ރ. މާކުރަތުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާއާއި ޕޮލިސް ޕޯސްޓުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރަސްމިއްޔާތު ބާއްވާފައިވާއިރު އެންމެ ފުރަތަމަ ބިންގާ އެޅުއްވީ މާކުރަތު ޕޮލިސް ޕޯސްޓުގެ އައު އިމާރާތަށެވެ. މި އިމާރާތުގެ ބިންގާ އެޅުއްވީ ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާޢުއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެއްގެ ބައެކެވެ.
އެއަށްފަހު ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފު ވަނީ މާކުރަތު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވާފައެވެ. މި އިމާރާތުގެ ބިންގާ އެޅުއްވީ ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފެވެ. މި އިމާރާތަކީ މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކައުންސިލް އިމާރާތެކެވެ.
މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެން، ޙާލަތު ދަށް 55 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢުގެ ދަށުން މިހާތަނަށް މާކުރަތު ހިމެނޭހެން 5 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.




