ހދ. ކުޅުދުއްފުށީގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ފިކަޕެއް ދުއްވައިގެން އެކްސިޑެންޓްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނީ ސޯޝަލް މީޑިއާގައި ހދ. ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ދައްކުވައިދޭ ވީޑީއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ބެލިބެލުމުން ޕިކަޕު ދުއްވާފައި ވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެއިތުރުން، އެކްސިޑެންޓުވި ޕިކަޕް މިހާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައިވާ ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



