އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫ ގުޅުވައިދޭ ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބުރިޖު އާންމުންނަށް ހުޅުވާލެވޭނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.
1.4 ކިލޯމީޓަރުގެ ދިގުމިނުގައި ހަތަރު ލޭނަށް ތަރައްޤީކޮށްފައިވާ މި ބުރިޖުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.
މިބުރިޖުގެ މަސައްކަތް ނިމި، ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފައި ވަނީ ހަވާލުކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ބުރިޖު އާންމުންނަށް ހުޅުވާލުން ލަސްވެފައިވަނީ އިތުރު ޓެކްނިކަލް ސަރވޭތަކެއް ކުރަންޖެހުމުގެ ސަބަބުންނެވެ.



