ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ނާހިލް އަހްމަދު ސިއްދީގް އިސްތިއުފާ ދީފިއެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހު ޖެނެރަލް ސެކްރެޓަރީގެ މަގާމާ އައްޔަންކޮށްފައިވާ ނާހިލް، އެ މަގާމުގައި ތިން މަސްދުވަހަށް ހިދުމަތް ކޮށްފައިވާއިރު، އޭނާއަކީ މިހާތަނަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ކުރި އެންމެ ޒުވާން ފަރާތެވެ.
ނާހިލްގެ އިސްތިއުފާގެ ސިޓީ އެފްއޭއެމްއަށް ލިބިފައިވާ ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ. އަދި މި ކަން ފީފާއަށްވެސް އަންގާފައިވާ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.
ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމުގެ ކުރިން ނާހިލް ވަނީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން އެފްއޭއެމްގެ އެކި މަގާމުތަކުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ.
ނާހިލް ތައުލީމް ހާސިލްކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލެންޑް ޔުނިވަރސިޓީންނެވެ.



